ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕީއެންއެފް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 9:15 ގައި ގިޔާސުއްދީން ސްކޫލްގެ ހޯލުގަ އެވެ. އެހެން ނަމަވެސް ޖަލްސާ ފެށެން ކުޑަތަންކޮޅަކަށްވެފައި ވަނިކޮށް ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލް ގޭޓް ބަންދުކޮށް ޖަލްސާ އަށް ވަންނަން އައި މީހުންނަށް ހުރަސް އަޅާފައެވެ. ފުލުހުން ބުނީ ޖަލްސާ އަށް ހުރަސް އެޅީ އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިގެން ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެފަދަ އަމަލުތަކާއި މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.



އަދި އެފަދަ ކަންކަން ކުރަމުން ދަނީ ސަރުކާރަށް އޮތް ބިރެއްގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖެ އަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފް ކުރި ޕާޓީގެ ހައިސިއްޔަތުން ޕާޓީތައް އުފެއްދުމުގެ ހައްގު ލިބިދޭންޖެހޭ ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ފުލުހުން ބުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައި ނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.ޕީއެންއެފް އުފައްދަން އުޅޭ އިސް ބޭފުޅުން މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވީ ޢިޔާސުއްދީން ސްކޫލާއެކު އެގްރިމެންޓް ހަދައި ޖަލްސާ ބޭއްވުމަށް ހުއްދަ ލިބިފައިވާ ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން