ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާން އޮތީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ މާފަންނު އުތުރަށް ވާދަކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަން ފަދަ ގައުމު ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށެެވެ.

އަދި މަޖިލިސް ތެރެއިން ފެނިގެން ދަނީ ސަރުކާރަށް އެއްބާރުލުން ނުދޭނެ މެންބަރުން ހޮވުމުން ވާނެގޮތްކަން ފާހަގަކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު މިހާރު ބޭނުންފުޅުވަނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭނެ މަޖިލީހެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ސަރުކާރުގެ މަސައްކަތުގެ ދުވެލި ހަލުވިކޮށް، ނަތީޖާ ނެރެދެއްވަން ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވުން މުހިންމު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިރޭ ވަނީ ކޮންމެ ދާއިރާއަކުން ވެސް ސަރުކާރަށް އިހުލާސްތެރިވާނެ އަދި އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހަށް އިންތިހާބުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރަައީސް މުޢިއްޒު ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންނަށް ރައްޔިތުން ދޭ ވޯޓަކީ ތަރައްގީގެ ފިކުރަށް ދެވޭ ވޯޓެއް ކަމަށާއި އެ ވޯޓު ބޭކާރު ވެގެން ނުދާނެ ކަމަށެވެ. ރައްޔިތުންގެ އެއްބާރުލުމާއެކު ސަރުކާރުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙަފީޒާ

14-Apr-2024

ތެދެއްތީ އެއެރުންތާ ބޭނުންކަމެއް ބޭނުން ގޮތަކަކަށް ކުރެވޭނީ!



ޓްރެންޑިން