ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މިރޭ ޢިޔާސުއްދީނު ސުކޫލުގައި ބާއްވަން މަސައްކަތް ކުރަނީ
ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މިރޭ ޢިޔާސުއްދީނު ސުކޫލުގައި ބާއްވަން މަސައްކަތް ކުރަނީ
ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް ހުރަސް ނާޅާނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނެތި ރައީސް ޔާމިން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން މަސައްކަތް ކުރި ޖަލްސާ އަށް ފުލުހުން ހުރަސްއެޅި މައްސަލަ އާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެެ.

ރައީސް އޮފީހުން މިރޭ ބުނީ އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ ޕީއެންއެފުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުންގެ ފަރާތުން އެހީތެރިކަން ދީފައިވާނެ ކަމަށެެވެ. އަދި ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ހަމަޖައްސައިދީފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު ފަހިކޮށްދެމުންދާނެ ކަމަށެވެ. ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން