ބިރު ދައްކައިގެން ފޭރުނު ދެ އަންހެނުން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން އެ މައްސަލަގައި ހައްޔަރުކޮށްފައި ވަނީ ގދ. ރަތަފަންދޫ، މާފޮޅޭގެ، މުފީޒާ މަޖީދު، 36، އާއި މއ. މަސްފަން، އާއިޝަތު، 42، އެވެ.

އެ ދެ މީހުންގެ ބަންދުގެ އަމުރަށް 15 ދުވަސް ޖަހައިދީފައިވާ އިރު އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށް ވެސް ބުނެފައި ވެއެެވެ.

އެ ދެ މީހުން ހައްޔަރުކުރީ ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި މީހުން ހިފަހައްޓައި ފޭރުމުގެ ތުހުމަތުގަ އެވެ.

އަދި އެ ދެ މީހުންގެ ކުށަށް ބާރު ލިބޭ ސީސީޓީވީ ފުޓޭޖާއި މައްސަލަ ހުށަހެޅި ފަރާތުގެ ބޭންކިންގެ މައުލޫމަތު ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައި ވެއެެވެ.

އެހެންވެ އެ ދެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ބަލައި ބަންދުކުރަން ނިންމީ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން