އަހުޒަމް އަޙްމަދު   10 އޭޕްރީލު 2024 - 13:28
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި އެވެ.

އީދު ސަލާމް ކުރުން ބާއްވައިފައި ވަނީ ރައީސްގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވާ މުލިއާގޭގަ އެވެ.

މިއަދު ހެނދުނު 9:30 ން 10:30އަށް ބޭއްވި އީދު ސަލާން ކުރުމުގެ ހަފްލާގައި ދައުލަތާއި ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި އަދި ގިނަ އަދަދެއްގެ އާންމުން ހިމެނިލައްވަ އެވެ.

އީދު ސަލާން ކުރުމަކީ ރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދަވާ ރައީސުން ވަރަށް ކުރިއްސުރެ ވެސް ބާއްވަމުންދާ ހަފްލާ އެކެވެ.

އެގޮތުން ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް، މުހައްމަދު ނަޝީދު، މުހައްމަދު ވަހީދު ހަސަން މަނިކު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް އީދު ސަލާމް ކުރުމުގެ ހަފްލާތައް ބާއްވާވަފައި ވެެއެވެ،

ރައީސް މުއިއްޒުގެ ވެރިކަމުގައި އައި ފުރަތަމަ އީދު އިސްލާމީ ވަންތަގޮތަށް ރާާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަ ގަދަކޮށް ދަނީ ފާހަގަ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން