ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ޖާގަ ދޭންޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިވަނީ ޕީއެންއެފް އުފައްދަން ބާއްވަން ރޭ އުޅުނު ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން ނެވެ.

ޕީއެންއެފް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ރޭ 9:15 ގައި ގިޔާސުއްދީން ސްކޫލްގެ ހޯލުގަ އެވެ. އެހެން ނަމަވެސް ޖަލްސާ ފެށެން ކުޑަތަންވެފައި ވަނިކޮށް ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލް ގޭޓް ބަންދުކޮށް ޖަލްސާއަށް ވަންނަން އައި މީހުންނަށް ހުރަސް އަޅާފައެވެ.

ފުލުހުން ބުނީ ޖަލްސާއަށް ހުރަސް އެޅީ އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިގެން ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ޖާގަ ދޭންޖެހޭނެ ކަން ފާހަގަކުރައްވާފައެވެ.

އަދި މިފަދައިން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ހުރަސް އަޅާނަމަ ރައްޔިތުންނަށް ލިބިފައވާ މިނިވަންކަން ގެއްލިދާނެ ކަމަށް މޫސަ ސިފަކުރެއްވިއެވެ.



ފުލުހުންގެ ޚިދުމަތުން ބުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން މަނާކުރީ އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔަ ހުއްދަ ނުދޭ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން، އެކަން ތަންފީޒު ކޮށްދިނުމަށް އެޑިއުކޭޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން