އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނަށް ޢީދު ދުވަހުގެ ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ބޮޑުވަޒީރު މޯދީ ފޮނުއްވި މެސެޖުގައި، އިންޑިއާ އާއި ދިވެހިރާއްޖެއިން ޒަމާނުއްސުރެ ހިއްސާކުރާ ސަގާފީ އަދި ތަހުޒީބީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ މިއަދު ސަގާފީ ރޫހުގައި މި ފާހަގަކުރާ އުފާވެރި ޢީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި، އެއްބައިވަންތަކަމެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން