ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގައި ވަރަށް ކުލަގަދަކޮށް ފިތުރު ޢީދު ފާހަގަކޮށްފިއެވެ.

ސްރިލަންކާގައި ފިތުރު ޢީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދުންނެވެ. ސްރީލަންކާގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮތީ މޯލްޑިވްސް ސެންޓަރ، ސޯޝަން ވިލާގެ ޓާފް ދަނޑުގައެވެ. މިއަދުގެ ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ދެޖިންސްގެ އެކި އުމުރުފުރާގެ ދިވެހިން ބައިވެރިވިއެވެ.

ޢީދު ނަމާދަށް ފަހު ސްރީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމު ކުރި ސައިފޮދެއްވެސް އޮތެވެ. މި ސައިފޮދުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.



މީގެއިތުރުން މިއަދު ހަވީރު ވަނީ ޢީދު ފާހަގަ ކުރުމަށް ސްރީލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ކުޑަކުދިންނަށް އަމާޒު ކޮށްގެން ދިވެހި ސަގާފީ ކުޅިވަރުތަކުގެ ޚާއްޞަ ހަރަކާތް ތަކެއް ވެސް ބާއްވާފައެވެ. މޯލްޑިވްސް ސެންޓަރުގައި ބޭއްވި މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ އާއިލާތަކުން ބައިވެތިވިއެވެ.

ސްރީލަންކާގައި މިއަހަރުގެ ރޯދަމަހުވެސް ވަނީ ދިވެހި ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއް ބާއްވާފައެވެ. އޭގެ ތެރޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރަތަކާއި މަދަޙަ މުބާރާތާއި ފުޓްސަލް މުބާތާތް ފާހަގަ ކޮށްލެވެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން