މާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މީގެ އިރުކޮޅެއް ކުރިން އަލިފާން ރޯވެފައިވަނީ ކެނެރީމަގުގައި ހުންނަ މ. ރަބީއުވިލާގަ އެވެ. އެގޭގައި ވަރަށް ބޮޑަށް ރޯވެ، އަނދަމުންދާއިރު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި އާއްމުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ މ. ރަބީއުވިލާގެ 04 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރަބީއުވިލާގައި އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯ އިން ފެންނަގޮތުގައި އަލިފާން ވަރަށް ބޮޑަށް ވަނީ ހިފާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ސިފައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން