ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ގުޅިގެން އެސްއޯ ފުލުހުން އެތަނަށް ފޮނުވި މައްސަލަ މަޖިލީހުން ބަލަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ގުޅިގެން އެސްއޯ ފުލުހުން އެތަނަށް ފޮނުވި މައްސަލަ މަޖިލީހުގެ 241 ކޮމެޓީން ބަލަންޖެހޭނެ ކަމަށާއި އެކަން އެމްޑީޕީން ކުރާނެ ކަމަށެވެ.

"241 ކޮމެޓީން މިކަން ބަލައި މިކަން މިވީ ކިހިނެއްތޯ އެބަޖެހޭ ބަލަން އަޅުގަނޑު ހިތުން ރަައްޔިތުންގެ މަޖިލީހުން އެކަން ކުރާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ފުލުހުންނާއި ސިފައިން އަމަލުކުރާނީ މަތިން އަންނަ އޯޑަރަށްކަން ޔަގީންވާ ކަމަށެވެ. އަދި އޯޑަރަށް ނޫން ގޮތަކަށް ފުލުހުންނާއި ސިފައިންގެ ފައުޖެއް ވެސް އަމަލު ނުކުރާނެ ކަަަމަށް ސޯލިހް ވިދާޅުވިއެވެ.

"ރޭގަ މާލެއިން ފެނިގެން އެ ދިޔައީ 2024 ވަނަ އަހަރު ފެންނަން ޖެހޭ މަންޒަރެއް ނޫން. ކަންބޮޑުވާން ޖެހޭ ކަމެއް އެއީ." ރައީސް ޔާމިން މިނިވަން ކުރަން ގޮވާލާ ޕީޕީއެމުން ހިންގި މަގުމަތީގެ ހަރަކާތް ތަކުގައި އެސް އޯ ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކުގެ ތުހުމަތު އެޕާޓީން އަޅުވަމުން ގެންދިޔަ ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވުމަށްފަހު އެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށް ސަރުކާރުން ހުރަސް އެޅުމުން އެނގިގެންދަނީ ވަރަށް ކައިރިން ފާރަލާން ޖޭހޭކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އެކޯލިޝަންގެ ލީޑަރު ޖަލުން މިނިވަން ކުރުމަށް މެދު ނުކެނޑި ކޮންމެ ރެއަކު ހިންގި މަގުމަތީގެ ހަރަކާތްތައް ހުއްޓުވަން ކޮންމެ ރެއަކު އެސް އޯ ފުލުހުން ނުކުމެ ބާރުގެ ބޭނުން ކޮށްގެން އެތައް ބަޔަކު ހައްޔަރުކޮށް ތަހުގީގުވެސް ހިންގަމުން ދިޔައެވެ. އޭރު ސަރުކާރުން ބުނަމުން ދިޔައީ ފުލުހުން އަދާ ކުރަނީ އެމީހުންގެ ގާނޫނީ ވާޖިބު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން