ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި މ. ރަބީއުވިލާ ތަޅާލަން ނިންމައިފި އެވެ.

ރޭ އަލިފާން ރޯވީ ރަބީއުވިލާގެ 04 ވަނަ ފަންގިފިލާގަ އެވެ.

ރޭ އެބައިގައި ވަރަށް ބޮޑަށް އަލިފާން ރޯވި ނަމަވެސް އެމްއެންޑީއެފުން ހަރަކާތްތެރިވެ ވަރަށް އަވަހަށް ވަނީ އަލިފާން ނިއްވާލައިފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ސިޓީ ތަކާ ލޯކަލް ގަވާމަންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރަބީއުވިލާއަކީ މީހުން ދިރިނޫޅޭތާ ގިނަ ދުވަސް ވެފައިވާ ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.

އެހެންވެ އެސަރަހައްދުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާވެ ކަމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބާވެ، އާއްމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ 11 އިމާރާތެއް ފާހަގަކޮށް އެސެސްމަންޓް ހަދައި ފިޔަވަޅު އަޅަން ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް 2019 ވަނަ އަހަރު ފޮނުވި 11 އިމާރާތުގެ ލިސްޓުގައި ވެސް ރަބީއުވިލާ ހިމެނިފައި ވެއެެވެ.

ނަމަވެސް މިހާ ދުވަސްވީ އިރުވެސް މާބޮޑު ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން