ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހަކު ހައްޔަރުކުރުމުން މުޅިން "ތަފާތު" އުޒުރެއް ދައްކައިފި އެވެ.

ކްރިމިނިކަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އިއްޔެ ހައްޔަރުކުރީ އައްޑޫއަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރީ ފިހާރައަކުން ސާމާނުތަކެއް ވަގަށް ނަގައިގެން ނެވެ.

ނަމަވެސް އޭނާ ކޯޓުގައި ބުނީ ފިހާރައިން އެތަކެތި ނެތީ ވަގަށް ނެގުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ހަމަ އެހެންމެ އެ ތަކެތި އަނބުރާ ފިހާރައާއި ހަވާލުކޮށްފައިވާ ކަމަށާއި އަދި އެ ފިހާރައިގެ މެނޭޖަރުވެސް އޭނާގެ މައްޗަށް ދައުވާކުރަން ބޭނުންނުވާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

ނަމަވެސް އޭނާގެ މައްޗަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 15 ދުވަހުގެ ބަންދު ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން