ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އަކީ ދިވެެހިރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ މިއަދި ކުރަށްވާފައިވާ ޓްވީޓެއްގައެވެ. ޖޭއެސްސީގައި މެމްބަރުން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެއް ނަމަވެސް މިހާތަނަށް އެ ކޮމިޝަން އެކުލެވިގެންވާގޮތަށް މަޖިލީހުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންވެސް ދަނީ އަމާޒު ވަމުންނެވެ.
"ޖޭ. އެސް. ސީ އަކީ ދިވެެހިރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާ. އެއީ ސިޔާސީ ކަށި އޮއިވަރު ދެމޭ ސިޔާސީ ނުފޫޒު އިންތިހާޔަށް އެގޮތް މިގޮތަށް ހިންގޭ ގޮތަށް އެކަށަ އެޅިފައިވާ ތަނެއް." އަލީ ޙުސައިން ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރަކާއި، ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.
ޖޭއެސްސީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގެ އިސް ބޭފުޅުން ހިމެނިވަޑައިގެންނެވުމަކީވެސް ޖޭއެސްސީއަކީ ރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާގެ ގޮތުގައި ސިފަކުރުމަށް ޖާގަ ލިބޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު