ފާތިމަތު ނަޒީފާ އަޙްމަދު   11 އޭޕްރީލު 2024 - 16:54
މި ހަފްތާ ބަންދުގައި ވިއްސާރަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފިއެވެ.

ހަފްތާ ބަންދަށް ލަފާކުރެވޭ މޫސުން މެޓުން އާއްމުކޮށްފައި ވާއިރު، ހުކުރު ދުވަހު ރާއްޖޭގެ އުތުރަށް ގުގުރާނެ ކަމަށާއި ހޮނިހިރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެެއެވެ.

އަދި ހުކުރު ދުވަހު މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ހޮނިހިރު ދުވަހު ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެއެވެ.

އޭގެ އިތުރުން މެޓުން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުކުރާއި ހޮނިހިރު ދުވަހުވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ.

އިހުސާސް ކުރެވޭ ހޫނުމިން އިއްޔެ ވަނީ 48 ޑިގްރީއަށް އަރާފައެވެ. އެއާއެކު އިއްޔެ މެޓުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްޝިއެސްއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގަދަ ހޫނުން ރައްކާތެރިވުމަސް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް މެޓުން ބުންޏެވެ.

އެގޮތުން މެންދުރުވަގުތު ބޭރަށް ނުކުންނައިރު ކުޑަ ބޭނުން ކުރުމާއި، އަވިން ރައްކާތެރިވުމަށް ލޯޝަން ބޭނުން ކުރުމާއި އަވި އަނިނު އެޅުމުގެ އިތުރުން ގިނައިން ފެން ބުއިމަށް މެޓުން ހަނދާންކޮށްދިނެވެ.

މެޓުން ބުނެފައި ވަނީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުކުރި 11:00ން މެންދުރުފަހު 3:00ގެ ނިޔަލަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން