ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވަނީ އެމަނިކުފާނުގެ މަސައްކަތްތައް ހަޖަމް ނުވާތީ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ، ރައީސް މުއިއްޒުއަކީ މިހާތަނަށް ފެނުނު އެންމެ އިޚުލާސްތެރި، ދީނީ ގިނަ ޝިއާރުތައް ފާޅު ކުރެއްވެވި ނަމާދަށް ފަރުވާ ބަހައްޓަވާ ރައީސް ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ސާބިތު ނުހިފޭ އިލްޒާމު އަޅުވައި، ނުހައްގުން ފާޑުފާޑުގެ ނަންނަން ކިޔަނީ، އަސްލު އެމަނިކުފާނުގެ ރިވެތި މަސައްކަތްތައް ހަޖަމު ނުވާތީ ކަމަށެވެ.



ރިޔާސީ އިންތިހާބުގެ ކުރިންވެސް ޒައިދު ވަނީ ޑރ. މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމަވައި އެކަން އާންމުކުރައްވާފައެވެ.

އޭރު އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމެވީ، ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ. މުޢިއްޒު ކަމުގައި އޭނާއަށް ޤަބޫލުކުރެއްވޭތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޖާނޭ

14-Apr-2024

ޔާމީނުގެ ފޮޓޯދަށްކައިގެން ވެރިކަމަށްއަިބައިގަނޑު ދަށްކާނެ ހޮޅިވާހަކަ



ޓްރެންޑިން