ކޮވިޑް-19 ގެ ދުވަސްވަރު ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ނެގި ލޯނުތަކުގެ އިންޓަރެސްޓް މައާފުކުރަން ސަރުކާރުން ނިންމަވައިފި އެވެ.

ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮވިޑާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ގިނަ ބަޔަކު ލޯނުތައް ނަގާފައިވާ ކަމަށެވެ. އަދި އެ ލޯނުތަކުގެ އިންޓްރެސްޓަށް ވަރަށް ބޮޑު އެއްޗެއް އަރާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވެ އެ ލޯނުތަކުގެ އިންޓްރެސްޓް މައާފުކޮށްދޭން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވުމަށްފަހު އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މައާފުކުރަން މިހާރު ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ ލޯނު ނެގި ފަރާތްތަކުން އެސްޑީއެފްސީ ބޭންކަށް ހުށަހަޅައިގެން އެ ބޭންކާއެކު އެއްބަސްވުމެއް ހެދުމުން ލޯނުގެ އިންޓްރެސްޓް މައާފުވެގެންދާނެ ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން އެޗްޑީއެފްސީ މެދުވެރިކޮށް ނެގި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ވެސް މައާފުކޮށްދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން