ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އޮތީ ވަރަށް ދެރަވަރު ހާލަތެއްގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރު އޮތީ ވަރަށް ދެރަވަރު ހާލަތެއްގައި ކަމަށާއި މި ސަރުކާރުން ރައްޔިތުން ދެކެނީ އެއްވެސް ބަޔެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި މިސަރުކާރުގެ އިގްތިސާދީ އެއްވެސް ވިސްނުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި މި ސަރުކާރުގެ އޮތީ ބޭނުންގޮތަކަށް ވެރިކަން ކުރުމުގެ ވިސްނުން އެކަނި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



މީގެ އިތުރުން ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރި މައްސަލަ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕުކުރާނެ ކަމަށާއި އެއީ މައްސަލަ އެއް ނޫން ކަމަށެވެ. ފައިސާ ޗާޕުނުކުރާނެ ކަމަށް ރައީސް މުއިއްޒު މިހާރު ވިދާޅުވަނީ މިހާރު އޮތް މަޖިލީހަށް ފައިސާ ޗާޕުކުރުމުގެ ހުއްދައަށް އެދި ފޮނުވުމުން އެ ހުއްދަ ނުދީފާނެތީ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބޭއިރަށް ފައިސާ ޗާޕްކުރަން މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕްކުރަންޖެހުނީ ކޮވިޑްގެ ވަބާގައި މި ގައުމަށް އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ނުލިބި، ރައްޔިތުން ބަނޑަށް ޖެހޭނެ ހާލަތުގައި ލޯނު ނެގުމާއި ގުޅިގެން ކަން ފައްޔާޒު ފާހަގަކުރެެއްވިއެވެ. އެގޮތުން ކުރީ ސަރުކާރުން ފައިސާ ޗާޕްކުރުމުން އޭގެ ގޯސް ނަތީޖާއެއް ރާއްޖެ އަށް މިހާތަނަށް އައިސްފައި ނުވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން