އައްޑޫގެ ހުރިހާ ދާއިރާއެއްގެ ގޮނޑި އެމްޑީޕީއަށް ދީގެން މިހާތަނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫގައި މިރޭ ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް ވަނީ އިހުމާލުވެފައި ކަމަށެވެ. އެގޮތުން އައްޑޫގެ ތަރައްގީއަށް އިހުމާލުވެފަައިވަނީ ކޮންބައެއްތޯ ދެނެގަތުމަށް ތަހުގީގެއް ހިންގަންޖެހޭ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއްގެ ގޮނޑި ރައްޔިތުން ދިނީ އެމްޑީޕީ އަށް ކަމަށެެވެ. އެހެން ނަމަވެސް ހުރިހާ ގޮނޑިތައް ދީގެން މިހާތަނަށް އައްޑޫ ސިޓީއަށް ވީ އެއްވެސް ފައިދާ ނެތް ކަަމަށް އަބުދުއްރަޙީމް ވިދާޅުވި އެވެ.
މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ އައްޑޫގެ ދާއިރާތަކަށް ސަރުކާރުގެ ފަރާތުން ވާދަކުރަށްވާ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެފުރުސަތު ނަގާނުލުމަަށް އަދުރޭ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އައްޑޫ ތަރައްގީ ވާނީ ދިވެހިންގެ ރާއްޖެ، ދިވެހީންގެ ރާއްޖެއެއްގެ ގޮތުގައި ދެމިއޮވެގެން ކަމަށް ވެސް އަބުދުއްރަޙީމް ވިދާޅުވި އެވެ. އެގޮތުން އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން އަންނާނީ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު