އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެމަޝްރޫއަކީ 2080 އެނދުގެ ބޮޑު މަޝްރޫއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ. އެ މަޝްރޫއާއެކު އައްޑޫ ސިޓީގައި 1980 ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އިންޑަސްޓްރީތަކާއެކީ އިތުރު 1800 ވަޒީފާ އުފެދޭނެ.، އެހެންވީމަ މިވެސް މިދަންނަވާ އައްސޭރި ޓޫރިޒަމްގެ އިތުރަށް ފަށާ މަޝްރޫއެއް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ފެށިފައިވާ މަޝްރޫތަކާއެކު އެންމެ ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް އެ ތަން ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑިސީއާ ހަވާލުކޮށްގެން ފަށާނެ ކަމަށާއި ސިމެންތި ލޭޔަރު އަޅާފައިވާ 60 ޕަސެންޓު މަގުގައި ތާރުއަޅާނެ ކަމަށް ވެސް ރަައީސް ވިދާޅުވިއެވެ.

އެއާއެކު، ހޮސްޕިޓަލަށް ބޭނުންވާ ގިނަ ޚިދުމަތްތަކާއެކު ހޮސްޕިޓަލްގެ ޕްރޮޖެކްޓެއް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމު އެއްކޮށް ބަދަލު ކުރަންޖެހޭ ކަމަށާއި އެ މަސައްކަތުގެ އަމަލީ މަސައްކަތް ކުރުމަށް މާދަމާ ނޫނީ މި ހަފްތާ ތެރޭ އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވާނެ ކަމަށެވެ. އެއީ ގާތްގަނޑަށް 282 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫއެއް ކަން ރައީސް ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން