ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައްދުންމައްޗަށާއި އައްޑޫ ސިޓީ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެއްޓެވި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ހައްދުންމަތީ މާވަށް، އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ވަޑައިގެން އެރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

އޭގެ އިތުރުން މި ދަތުރުފުޅުގައި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ކައްދޫގައި އޮންނަ އެއާޕޯޓު ތަރައްގީ ކުރުމަށާއި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހިމެނޭ ގޮތަށް ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމަށްޓަކައި ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

ހައްދުން މައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް އިއްޔެ ވަނީ މަޖިލިސް ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ރޭ ވަނީ އައްޑޫގެ އެކި ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ބޮޑު ޖަލްސާއެއް ބާއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން