މާލޭ ކާނިވަލުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ދަތުރުކުރާ ބަސް ދެން ސީއެޗްއެސްއީއަށްވެސް މަޑުކުރާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން މިއަދު ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އާރް2 (މާލެ ކާނިވަލުން - ހުޅުމާލެ ފިޔަވަހި1) ދަތުރުކުރާ ރޫޓު ސީއެޗްއެސްއީއަށް މަޑުކުރާ ގޮތަށް، މާދަމާއިން ފެށިގެން، ރޫޓް ދަންމާލާނެ ކަމަށެވެ.

މި ރޫޓަށް ބަދަލު ގެނެވިފައި މިވަނީ، ކަސްޓަމަރުންގެ ފީޑްބެކްއަށް ރިއާޔަތް ކުރުމަށްފަހު މާލެއިން ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީއަށް ދަތުރުކުރާ ދަރިވަރުންނާއި މުދައްރިސުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެމްޓީސީސީއިން ބުންޏެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.

އެމްޓީސީސީއިން ބަހުގެ ހިދުމަތް ފެށިއިރު ހުރި ވަރަށް ވުރެ މިހާރު ވަނީ ރޫޓް އިތުރު ކޮށްފައެވެ. ކަސްޓަމަރުންގެ ފީޑްބެކްއަށް ބެލުމަށްފަހު އެމްޓީސީސީއިން ދަނީ ރޫޓް އިތުރުކޮށް، ހިދުމަތް ފުޅާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން