ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް- އިތުރު ފަތުރުވެރިއަކު ކޯވިޑް-19 މިއަދުވަނީ ޕޮޒިޓިވްވެފައި
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް- އިތުރު ފަތުރުވެރިއަކު ކޯވިޑް-19 މިއަދުވަނީ ޕޮޒިޓިވްވެފައި
ރާއްޖެއައިސް ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ތައްޔާރުވެފައިވާ ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ރާއްޖެއިން ފުރުމުގެ ކުރިން ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޓެސްޓް ކުރިއިރު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ރާއްޖެއައި ޓުއަރިސްޓަކު އިއްޔެގަވަނީ ޕޮޒިޓިވްވެފައި އޭނަ މިވަގުތު ހުރީ އޭނަ ހުރި ރިސޯޓުގައި. އޭނަގެ ހާލު ރަނގަޅު އަދި އާއިލާ މިވަގުތު ޓެސްޓު ކުރަމުންދަނީ. މީނަ ޕޮޒިޓިވް މިވީ ރާއްޖެއިން ފުރުމަށް ޓެސްޓު ކުރި އިރުގަ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވުވި ދެވަނަ ފަތުރުވެރިޔާއެވެ. މީގެ ކުރިން ރާއްޖެ އައި އެމެރިކާގެެ ފަތުރުވެރިޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ފަތުރުވެރިޔާގެ ޓެސްޓު ހެދީ ރެންޑަމް ކޮށެވެ. ފުރަތަމަ ފަތުރުވެރިޔާ ޕޮޒިޓިވުވެފައިވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިއަދުވެސް ވަނީ އިތުރު 148 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 4594 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން