ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މިރޭ ނިޔާވެއްޖެ އެވެ.

ހުޅުމާލޭ ފޭސް 2 ގައި އެކްސިޑެންޓު ހިނގީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ހަވީރު، 5:00 ހާއިރުއެވެ. ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ނިޔާވީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، 18 އެވެ.

މި އެކްސިޑެންޓާއި ގުޅޭ މާގިނަ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އެކްސިޑެންޓު ހިނގި ދުވަހު ފުލުހުން ވަނީ އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު ބަޔަކު ތިބި ނަމަ ފުލުހުންނަށް އެކަމުގެ މައުލޫމާތު ދިނުމަށް އެދި ބަޔާނެއް ނެރެ އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން