މާލޭގެ މަގުމަތީގައި މާސްކު ނާޅާ އުޅުނު 151 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފިއެވެ.
މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރުކޮށް މާސްކު ނާޅާ އުޅޭ މީހުންނަށް ފިޔަވަޅު އަޅަންފެށީ ހޮނިހިރު ދުވަހުއެވެ. ފުލުހުން ބުނެފައިވަނީ، މާސްކު ނާޅާ އުޅޭމީހުންނަށް ފުރަތަމަ ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރަށް ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް މާސްކުނާޅާ އުޅުނު 986 މީހަކަށް ނަސޭހަތްދީ 151 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 19 މީހުން ޖޫރިމަނާކޮށްފައިވަނީ ފާއިތުވީ ސައުވީސްގަޑީރު ތެރޭގައެވެ.
އެޗްއީއޯސީން ބުނީ މާލޭގައި ބޭރަށް ނިކުމެ އުޅުން މަނާ ވަގުތު ބޭރުގައި އުޅުނު 145 މީހުންނަށް ނަސޭހަތް ދީފައިވާކަމަށެވެ. ރާއްޖެއިން މިއަދުވެސް ވަނީ އިތުރު 148 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 4594 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު