އަހުޒަމް އަޙްމަދު   14 އޭޕްރީލު 2024 - 10:53
ގއ. ވިލިނގިލީގައި ސިހުރު ހަދާ މައްސަަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ސިހުރު ހަދާ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ވިލިނގިލީގައި ސިހުރު ހަދާ މައްސަލައެއް ފެންމަތިވީ އެކަމާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ނެވެ.

އެގޮތުން ސިހުރު ހަދާކަމަށް ބުނާ މީހާ ސޯޓުތެރެއަށް އެއްޗެއް ލައިގެން ދާ މަންޒަރު ފެންނައިރު އެއީ ސިހުރު ހަދަން ގެންގުޅޭ އެއްޗެއްކަމަށް އެ ވީޑިއޯ ކުރި މީހުން ބުނާ އަޑު އިވެއެވެ.

ނަމަވެސް ފުލުހުން ބުނީ މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

އެކަމަކު އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން