އަހުޒަމް އަޙްމަދު   14 އޭޕްރީލު 2024 - 12:41
ފ. ނިލަންދޫން ގިނަ އަދަދެއްގެ ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތި ލުމަށް ހުޅުވާލައިފި އެވެ.

ރޭ ނިލަންދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދޫކުރަން ނިންމާފައި ވަނީ 129 ގޯތި ކަމަށެވެ. އެއީ 2000 އަކަފޫޓުގެ 96 ގޯއްޗާއި 2800 އަކަފޫޓުގެ 33 ގޯއްޗެވެ.



އޭގެ ތެރޭގައި ނިލަންދޫގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން ދޫކުރާ 96 ގޯއްޗާއި ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ދޫކުރާ ފަސް ގޯތީގެ އިތުރުން އެ ރަށުގެ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯތި އަދި "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން ދޫކުރާ 24 ގޯތި ހިމެނެ އެވެ.

އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ގޯތިތަކަށް ކުުރިމަތިލުމުގެ ފުރުސަތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއެކު 18 އަހަރު ފުރި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ.

ނިލަންދޫން ގޯތި ދޫކުރަން އިއުލާންކުރި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހުންނެވީ ވެސް މަޖިލިސް ކެމްޕޭނަށް ނިލަންދޫގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން