ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރު
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރު
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޑރ. އަރްވިންދް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކުރެއްވި ޓެސްޓްގެ ނަތީޖާ މިއަދު ލިބުމުންނެވެ. މީގެކުރިން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރަމުންދާ މަސައްކަތްތަކުގައި އޭނާ ގެންދެވީ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ.

ޑރ. އަރްވިންދު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ރަސްމީ އިދާރާ އަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ، ޕޮޒިޓިވްވާ މީހުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

މިއަދު ރާއްޖެއިން ވަނީ 117 ދިވެހިންނާއި، 22 ބަންގްލަދޭޝް މީހުންނާއި، އިންޑިއާގެ 7 މީހަކާއި، ނޭޕާލް މީހެއްގެ އިތުރުން ސީޝެލްސްގެ ރައްޔިތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މި ބައްޔަށް ރާއްޖެއިން މިހާތަނަށް 4594 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަލީގައި 19 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން