ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިވަގުތު 8 މީހަކަށް އައިސީޔޫގައި ފަރުވާދެމުންގެންދާއިރު، 110 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވަނީ، މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންދާ 110 މީހުންގެ ތެރެއިން 85 މީހަކަށް ފަރުވާދެނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށާއި، އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ދެމީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ހަ މީހަކަށް ފަރުވާދެމުންދެއެވެ.

މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީ އަދި ށ. ފުނަދޫ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

ރާއްޖެއިން މިއަދު 148 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 4594 އަށް އަރާފައެވެ. އަދި މިއަދު ބަލިން ރަނގަޅުވި 23 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 2706 އެވެ.

މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދު ވަނީ 1869 އަށް އަރާފައެވެ. އައިސޮލޭޝަންގައި ތިބީ 1282 މީހުންނެވެ. ރާއްޖެއިން މިބަލި ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ 19 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން