ހަނިމާދޫގައި ހުންނަ ބެއާފުޓް އިކޯ ހޮޓާ-- ފޮޓޯ/ ރަސް
ހަނިމާދޫގައި ހުންނަ ބެއާފުޓް އިކޯ ހޮޓާ-- ފޮޓޯ/ ރަސް
ހދ. ހަނިމާދޫން ފަތުރުވެރިކަމަށް ބިންތަކެއް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓުގެ 14 ބިމެއް ކަމަށެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ދޫކުރަން ނިންމާފައި ވަނީ އެ ރަށުގެ އުތުރުންނާއި ދެކުނުން ކަމަަށެވެ. ދޫކުރަނީ 50 އަހަރަށެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.

އެ ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފީއަކީ 5000 އަކަފޫޓުގެ ޕްލޮޓަކަށް 1000 (އެއް ހާސް) ދިވެހި ރުފިޔާއެވެ. އިތުރަށް ޕްލޮޓް ބޭނުންވެލައްވާނަމަ ބޭނުންވާ އަދަދަކަށް ކޮންމެ ޕްލޮޓަކަށް އިތުރަށް 1000 (އެއްހާސް) ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެސް ކައުންސިލްއިން ބުނެއެވެ.

ހަނިމާދޫއަކީ މިހާރު ވެސް އުތުރުން ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެ ރަށުގައި ބޮޑެތި ހޮޓާތައް އެބަ ހުއްޓެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ނިމުމުން ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން