އެޗްޕީއޭއިން އިޢުލާން ކޮށްފައިވާ ކޯވިޑް-19ގެ ޤައިޑްލައިނާއި ޚިލާފްވި 20 ތަނެއް މިއަދުވެސް ބަންދު ކޮށްފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު 235 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ކެއިން ބުއިމުގެ ހިދުމަތްދޭ 51 ތަނަކާއި 154 ފިހާރަ އާއި، 21 ސެލޫނާއި، ފަސް ޖިމް ގެ އިތުރުން ހަތަރު މާރުކޭޓް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މިއަދު ބަންދު ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ޚިދުމަތްދެމުން ގެންދިޔަ ހަ ސެލޫނަކާއި އަށް ފިހާރަ އާއި ތިން މާރުކޭޓާއި ތިިން ރެސްޓޯރެންޓް ކަމަށެވެ.
މާލޭގެ ފުރަބަންދަށް މިހާރު ގެނެސްފައިވާ ބަދަލުގެ ދަށުން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ ރެސްޓޯރަންޓުތައް ވެސް ބަންދުވާނެއެވެ.
މާލޭ ސަރަޙައްދުގައި ކުރިން އޮތް ލޮކްޑައުނަށް ދިން ލުޔާއެކު، ދިވެހިންގެ މެދުގައި ކޮވިޑް ފެތުރޭވަރު އިތުރުވެ، ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު ވެސް ދަނީ މަތިވަމުންނެވެ. އަދި އެ ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވެފައެވެ. މިދިޔަ ހަފުތާއެއްގެ ތެރޭގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، އެއީ މުޅިން ވެސް ދިވެހިންނެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 19 އެވެ.

ކިޔުންތެރިންގެ ހިޔާލު