ކ. ތުލުސްދޫގައި ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭ ގޮތުން އެރަށުގެ އިދާރާތަކާއެކު ސްޓެލްކޯގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ތުލުސްދޫގައި އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭގޮތުން ތުލުސްދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިއަދު ތުލުސްދޫގައި އޮތް މިމަޝްވަރާ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ގެ އިތުރުން ކުންފުނީގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެފައެވެ.



މީގެއިތުރުން ސްޓެލްކޯގެ ޓީމުން ވަނީ ތުލުސްދޫ އިންޖީނުގޭގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި، ބައްދަލުކުރައްވައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން