ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް ގެނައި ތަރައްޤީއާއި ކުރިއެރުން ހިތައް ގެންނާނެ ގޮތެއްވެސް ނޭގޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ވެރިކަން ކުރެއްވި ބޭފުޅުން ޤައުމަށް ގެނައި ތަރައްޤީ ސިފަކުރައްވައި ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މިހާރު މިހިނގާ ސަރުކަރަށްވެސް އަދި ރައީސް ޔާމީންގެ ވެރިކަމުގެ ކުރިން ވެރިކަން ކުރެއްވި ސަރުކާރުތަކަށްވެސް ރައީސް ޔާމީން ރާއްޖެއަށް ގެނެސް ދެއްވި ތަރައްޤީއާއި އަޅާކިޔާލަން ލަދުގަންނަން ޖެހޭކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ މިޤައުމަށް ކުރިއެރުމާއި ތަރައްޤީގެ ރަން ޒަމާންކަމުގައި ހުސެއިން ސިފަ ކުރެއްވިއެވެ. ޤައުމުގެ ކޮންމެ ދިމާލަކުން ފެންނަމުންދާ ކުރިއެރުމާއި ތަރައްޤީގެ ކުލަވަރުތަކަކީ ރައީސް ޔާމީން ގެނެސް ދެއްވާފައިވާ ތަރައްޤީކަމަށް އޭނާ ވިދާޅުވެފައެވެ. ފެންނަން ހުރި ބޮޑެތި މަޝްރޫޢުތަކަށް އެކަނި ބަލައިލުމުންވެސް އެކަން ސިފަވާކަމަށް އޭނާ ވިދާޅުވިއެވެ. ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި، ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަޅާފައިވާ އެތައް ހާސް ފްލެޓަކީ ފެންނަން ހުރި ތަރައްޤީކަމުގައި ހުސައިން ފާހަގަ ކުރެއްވިއެވެ. އަދި އެތައް ރަށެއްގެ ބަނދަރާއި، ފެނާއި ނަރުދަމާއާއި، މަގު ހެދުމާއި، އެތައްމިސްކިތެއް އަޅާފައިވާކަމީ ރަށްރަށުން ފެންނަންހުރި ރައީސް ޔާމީންގެ ތަރައްޤީކަމަށް ހުސެއިން ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ތަރައްޤީއާއި އަޅުވާކިޔާލާން ހިތައް ގެންނާނެ ގޮތެއްވެސް ނޭގޭ." ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ފަހުގެ ތަރީޚެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުން ކުރެއްވި މަސައްކަތާއި ގާތަށްވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް މަސައްކަތް ނުކުރެއްވޭކަމަށެވެ. އަދި އެމަނިކުފާނަށް އެކަން ކުރުމުގެ ފުރުސަތު ރައީސް ނަޝީދު ނުދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ކަމަށްވާތީ ރައީސް ޞާލިހުގެ ތާއީދު އިތުރުވާފަދަ ކަމެއް ކުރުމުގެ ޖާގަ ރައީސް ނަޝީދު ނުދެއްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ވަގު19

07-Aug-2020

ރޔާމީން ވައްކަމެއް ނުކުރޭ, ތި ކިއާ މަނީލޯންޑެއް ވެސް ނުކުރޭ, ތިހުރިހާ ވައްކަމަކާ ހުރިހާ އެއްޗެއް ލޯނޑު ކުރި މީހުން މިހާރު އެބަ އެނގޭނޫންބާ ގައުމަށް އެއްވެސް ކަމެއް ކޮށް ނުދެވި ފަލީހަތް ވަމުން އެ ދަނީ މިހާރު ވެރިކަމުގާ ތިބެގެން ބޮޑެތި ފަލަ ދިގު ވައްކަންތައް ކުރާތީކަން ރައިއްޔަތުން ގަބޫލު ކޮށްފި, އަނގަ އޮތިއްޔާ ކާޅެއް ނުކާނޭ ބުނަނީ ތިކަހަލަ މީހުނަށް, ލަދު ހަޔާތް ކޮބާ.!!!


9

ޖައުފަރު

07-Aug-2020

ތިޔަ ފެންނަނީ ތަރައްގީ އެއްނޫން ވައްކަމުގެ ނިޝާންތައް ބޮޑުކޮށް ތިޔަފެންނަނީ


8

ބީޖީ މޫސާ

07-Aug-2020

ބީތާ ތަކާ ދަވާލި ކޮވިޑް ލާރި ގަނޑުކޮބާ, ބަދަލުގެ ނަމުގައި ކާލި ބިލިއަންކޮބާ, ވެންޓިލޭޓަރުތައް ކޮބާ, އިންޑިއާއަށް ގައުމު ވިއްކާލި މީހުންކޮބާ, އޭރު ތިޔަބުނާ 30 ދަރިން ކޮށާ މަގުމައްޗަށް އަޅާލީ މިހާރު ވެރިކަމުގަ ތިބި ދަހިވެތި ކުއްތާތައް އޭރު ވެރިކަން ވައްޓާލަން ކުރުވި ކަންތައް. ޓްވަރިޒަމް މިނިސްޓްރީގަ އެހުރީ ކޮންޓްރެކްޓް ކިލަރ...އޭ.ޖީ މޫސާ ކަލޭ ތިހުރީ ލިބޭ އެއްޗެއް ބޮޑުކަމުން ހޭބަލިވެފަ. އަފްރާޝީމް މަރާލީވެސް ކެނެރީގެ އަބޫޖަހުލުގެ އޯޑަރަށް. އަދިވެސް ހޭނާރާތި. ތިޔަބުނާ މަރުތައް އެއީ ޔާމީން ކުރުވި ކަންތައްނަމަ, އޭނަ ސަލާމަތުން ކަލޭމެން ބަހައްޓާނެތަ. މިހާރު މަރަމުންދާ މީހުން ކަލެއަށް ނުފެނޭތަ. ގޮތްނޭނގޭ ކިތައްމަރު. އުމުރުން ދުވަސްވީ މީހުން ކޮވިޑޭކިޔާފަ އަސްލު ބައްޔަށް ފަރުވާނުދީ އެމަރަނީ. ކޮބާ ޝިމާ...ކަލޭ ގުނާބަލަ ދުވާލަކަށް މީހަކު ކިނބޫ ސަރުކާރުން އެބަމަރާ. އަދި މާއެނގޭ މީހަކަށް ވެގެން ހިޓްލަރު ޖަރުމަނު ތަރައްޤީކުރީ އޯ. ބީތާ އޭނަ ޖަރުމަނު ފުނޑާލީ ހަނގުރާމައިގެ ތެރެއަށްވަދެ. ގައުމު ބަނގުރޫޓްކޮށް, ރައްޔިތުން ބިކަކޮށް, ޑޮލަރުގެ އަގު ބޮޑުކޮށް, ދައުލަތްދަވާލީމަ މި ކުއްތާތައް އަދި ކޮމެންޓްކުރޭނު. ލަދުކޮބާ ކަލޭމެންގެ.


12

އޭޖީ މޫސާ

06-Aug-2020

އެޑަލްފް ހިޓްލަރއެއީ ތަހުޒީބު ޒަމާނުގެ ތާރީޚު ތަކުން ފެންނަގޮތުގައި ދުނިޔޭގެ ނިސްބަތުން ޖަރމަނީއަށް އެންމެ ބޮޑުތަރައްޤީ ގެނެސްދިން ވެރިޔާ. ދުނިޔެ ދޫކޮށް ވަކިވެގެން ދިޔައީ އަމިއްލަޔަށް ކަރަށް ބަޑިޖަހައިގެން ކަމަށް ގުނަ ލިޔުންތަކުން ފެންނަނީ. އެއިން އެގެނީ ވެރިއެއްގެ ޒިންމާއަކީ ހަމަ އެކަނި ފައިސާ ޚަރަދުކޮށްގެން ތަންތަން ބިނާކުރުން ނޫންކަމާއި ކިތަންމެ ބޮޑެތި ޢިމާރާތް ތަކަކާ ފުޅާ މަގުތަކެއް ހެދިނަމވެސް އަނިޔާވެރިކަން އިސްކޮށްފި މީހާގެ ފަރާތުން ލިބޭނެ ގެއްލުމާއި ހަލާކު ބޮޑުކަން. ޔާމީނުގެ ފަސްތަރި ތަރައްގީގެ ތެރޭގައި 30 ދަރިން ކޮށާ މަގުމަށްޗަށް އަޅާލި. ދަރުމަވަންތަ ޢިމާރާތުގެ 30 ގުނަ ގެއްލުން އޭނާ ކުރި ކޮންމެ ކަމެއްގެ ފަހަތް އޮތީ ހަމައެހެން. ދަޅަދައްކަފައި ޤައުމު 109 އަހަރު ކުރިޔަށް ލައިދިނީ.


-3

އަހްމަދު

06-Aug-2020

ހ.ދަވާލި ފޮޓޯ އިތުރަށް ނުލީ ކީއްވެބާ?



ޓްރެންޑިން