ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، ފޮޓޯ: މަޖިލިސް
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، ފޮޓޯ: މަޖިލިސް
ޖޭއެސްސީ މިނިވަން މުސްތަޤިއްލުތަނެއްގެ ގޮތުގައި ހިންގާނެކަމަށް ވައުދުވެ ވެރިކަމަށް އައި މީހުން ޖޭއެސްސީ އަންބޮޑިއަށް ލައިގެން ހިންގަމުންދާ ޖަރީމާތައް ހުއްޓުވަން ނިކުންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ޖޭއެސްސީއާއި ގުޅޭގޮތުން އޮތް ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ފަނޑިޔާރުގެ މިނިވަން ނުވެގެން ނުފޫޒުން އެއްކިބާކުރަން ރެއާއި ދުވާލު މަގުތަކަށް ނުކުމެ ކޮޅުކޮޅަށް ދުވެ ހެދި މީހުން މިއަދު ފެނިވަޑައި ނުގްނަވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މިއަދު ޖޭއެސްސީއާއި، ފަނޑިޔާރުގެތައް ހިޞާދުރުކޮށް އަދުލު އިންސާފު ނިގުޅައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީއަކީ ކޯޓުތަކުން ހިނގާ ކަންކަމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ޤާނޫނުން މަތިކޮށްފައިވާ ފަރާތައްވާއިރު، އެތަނުގައި އަމިއްލަ މަސްލަހަތާއި ޒާރީ ތައައްސުބުން ފުރިގެންވާ މީހުން ތިބުމުން ފަނޑިޔާގޭގެ އިންސާފުވެރިކަން ގެންނާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"މީގެކުރިން ފަނޑިޔާރުގެ މިނިވަން ނުވެގެން އުޅުނު މީހުން މިއަދު ކޮބައިތޯ؟ ބައެއްގެ އަންބޮޑީގަ ޖޭއެސްސީ ބާއްވައިގެން ޖަރީމާ ހިންގުން ހުއްޓުވަން ނިކުންނަން ނުވޭބާ؟" މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީ މިހާރު އެކުލަވާލެވި މަސައްކަތް ކުރަމުންދާގޮތުން ގިނަ ބައެއްގެ ފާޑުުކިޔުން ޖޭއެސްސީއަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ފަނޑިޔާރުން ވަކިކުރުމާއި ފިޔަވަޅު އެޅުމުގައި އަމަކުރަމުންދާ ގޮތުން ގިނަބައެއްގެ އިތުބާރުވަނީ ގެއްލިފައެވެ.

ޖޭއެސްސީއަށް ފާޑުވިދާޅުވާ ގިނަ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ޖޭއެސްސީން ދަނީ އެތަނުގައި ތިބި ބަޔަކު ނުރުހޭ ގޮތަށް، އެމީހުންގެ ފިކުރާއި، ވިސްނުމާއި ހިތް އެދޭގޮތަށް ހުކުމްތައް ނުނެރޭ ކޮންމެ ފަނޑިޔާރަކު ވަކިކުރަމުންނެވެ. އަދި މިއަދު ޖޭއެސްސީގެ ތެރެއިން ފެނިގެންދަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ޖޭއެސްސީގެ ތެރޭގައި ވަކި ހިއްޕާލާފައިވާ މަންޒަރު ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއެވެ. ކުރީގެ ސަރުކާރުން ޖޭއެސްސީ ހިންގި ގޮތުގައި ޖޭއެސްސީ އތުރާފައި އޮތް ގޮތް ކަމު ނުގޮސްގެން އެކަން އިސްލާހު ކުރަން އައި މީހުން މިއަދު މަސައްކަތް ކުރަނީ އެއަށްވުރެ މާ ގޯސްކޮށް ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން