އެމްޑީޕީން ވަކިވެވަޑައިގަންނަވާން ނޫޅުއްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެވަޑައިގަންނަވާން ނޫޅުއްވާ ކަމަށާއި އަދި އަމުދުން ޕީއެންސީއާ ގުޅިވަޑައިގަންނަވަން ވެސް ނޫޅުއްވާ ކަމަށެވެ. މިކަން އާންމުކޮށް ހާމަކޮށްދޭން ޖެހުނީ ރަޖިސްޓްރީ ނުކުރާ ނޫހަކުން އޭނާ އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ފެތުރި ހަބަރަކާ ގުޅިގެން މީހުން ސުވާލުކުރަމުންދާތީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"އާދީއްތަ ދުވަހު ހުރިހާ އެންމެން އެމްޑީޕީ އަށް ވޯޓު ދެއްވާ،" ރޮޒެއިނާގެ ޕޯސްޓުގައިވެ އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަން ވެސް ކުރަށްވާ ރޮޒެއިނާ އަކީ އެމްޑީޕީގެ ސަރުކާރު ދިފާއުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެކަކެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ރޮޒެއިނާ އަށް މިފަހަރު ކުރިމަތިލައްވަން ޖެހުނީ ނާކާމިޔާބީއާއެވެ.
ރޮޒެއިނާ މީގެ ކުރިން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު ކަމާއި މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު