ސަރުކާރު ހިންގަން ރައްޔިތުން އެމަނިކުފާނަށް ދިނުމަށްފަހު މަޖިލިސް އިދިކޮޅު ފަރާތްތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު (އިބުޓީ) މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ފަސްއަހަރު ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އެމަނިކުފާނު އިންތިހާބުކޮށް ސަރުކާރު ހިންގަން ފުރުސަތު ދީފަައިވާ ކަމަށެވެ. އަދި ސަރުކާރު ހިންގަން އެމަނިކުފާނަށް ދިނުމަށްފަހު ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމަކީ ދެކޮޅު ޖެހޭނެ ކަަމެއް ނޫން ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުއްޓިފައި ހުރި ތަރައްގީގެ އެތައް މަޝްރޫއެއް މިހާރު ފަށާފަައިވާ ކަމަށާއި އާ މަޝްރޫއުތައް ވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ސަަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ބިލެއް ހުށައަޅާއިރަށް ބޭރުކޮށްލައި، ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަން ބޭރުގެ އެހީއަކަށް މަޖިލީހުން ހުއްދަ ހޯދަން އަހަންޖެހޭއިރު އެކަން އެޖެންޑާ ނުކޮށް ޖެއްސުން ކުރާ މީހުންނަށް މަޖިލިސް ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެެެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވުނު ކަމަށާއި އެފަދަ ބަޔަކަށް އަނެއްކާ ވެސް މަޖިލިސް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެހާ ފަރުވާކުޑަކޮށް މާލޭ ރައްޔިތުންނާ މެދު އަމަލުކުރި ބަޔަކަށް އިތުރު ފަސް އަހަރު މަޖިލީހުން ދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައީސް ވަނީ މާލޭގެ ދާއިރާ ތަކަށް ކުރިމަތިލާފަައިވާ ސަރުކާރުގެ ހުރިހާ ކެންްޑިޑޭޓުން އިންތިހާބުކޮށްދިނުމަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ތަރައްގީގެ ނަތީޖާ ނެރެން ކަމަށެވެެ.

"ތަރައްގީގެ ނަތީޖާ ނެރެ ދައްކުވައިދޭނަން އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް." ރަައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ އެމްޑީޕީގެ ސަރުކާރުގެ އިތުބާރު ގެއްލުމުން ކަމަށެވެ. އެހެންކަމުން އާ ސަރުކާރަކާ މަސައްކަތް ހަވާލުކޮށް، އެކަމަށް ދެކޮޅު ހަދާ ބަޔަކު މަޖިލީހަށް ލާންވީތޯ އެއީ މާލޭ ރައްޔިތުން ވިސްނަންޖެހޭ މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެެވެ.

ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރަށްވާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ގޮވާލައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން