ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ބަލީގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުވާން ފެށުމުން ފަރުވާދޭން ތިއްބެވި ނަރުހުންގެ މަސައްކަތަށް ބާރުބޮޑުވެއްޖެއެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.އަހުމަދު ފައިސަލް ވިދާޅުވީ ހާލަތަށް އަންނަ ބަދަލާއިއެކު އެންމެބޮޑު ބުރައެއް އުފުލަންޖެހެނީ ނަރުހުންނަށްކަމަށެވެ. ކޯވިޑް-19 ގައި ޕޮޒިޓިވްވާ މީހުން އިތުރުވެ ބަލީގައި ފަރުވާދޭ މީހުން ގިނަވުމުން ގިނަ ފެސިލިޓީތަކުގައި ނަރުހުން ވަނީ މަސައްކަކަތް ކުރަން ޖެހިފައެވެ. ފައިސަލް ވިދާޅުވީ މިހާރުގެ ހާލަތު ހުރިގޮތުން އެކި ފެސިލިޓީތަކަށް ނަރުހުން ބަހާލުމުން ޝިފްޓެއްގައި މަސައްކަތް ކުރަނީ ވަރަށް މަދު ނަރުހުން ކަމަށެވެ
"ދެ ދަންފަޅީގެ ނަރުހުން. ހުރިހާ މުވައްޒަފުން ކޮވިޑު ބަލިމީހުންނަށް ފަރުވާދޭ މަރުކަޒު ތަކަށް ބަހާފައި މިހާރު މި ލިބެނީ ދެ މީހުންނާ ފަޅި. ހިތްވަރާއެކު މަސައްކަތްތައް ކުރަމުންދާ ފަރާތްތަކަށް ޝުކުރިއްޔާ." ފައިސަލް ވިދާޅުވިއެވެ.
ކޯވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ގޮސް ބަލީގައި ފަރުވާދޭ މީހުންގެ އަދަދު މިހާރުވަނީ 100 އިން މައްޗަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 105 މީހަކަށް ފަރުވާދެމުންދާއިރު މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ހައިރިސްކު ގޮތުގައި ބަލާ ކެޓަގަރީގެ މީހުންވެސް ހިމެނޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖޭގެ ފާއިތުވެދިޔަ 10 ދުވަހުގެ ކޮވިޑްގެ އަދަދުތަކަށް ބަލާއިރު ބަލިޖެހޭ މީހުންގެ އަދަދުވަނީ ރެކޯޑްއަދަދަށް އުފުލިގެންގޮސްފައެވެ. ބައްޔާއިމެދު ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަކީ މިއަދު ފަރުދީ އަދި ޤައުމީ ޒިންމާއަކަށް ހަދަން ޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްކުން ވިދާޅުވެއެވެ.
ކޯވިޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 13،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭނެކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ އަންދާޒާ ކުރައްވައެވެ. މި ޢަދަދަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހެއްގައި ޕޮޒިޓިވްވާނެކަމަށް އަންދާޒާކުރެއްވި ޢަދަދުތައް އެމަހުގެ ޖުމުލަ ދުވަސްތަކާ އެއްކޮށްލުމުން ނުކުންނަ ހަމަސްދުވަހުގެ ޖުމްލަ ނަތީޖާއެވެ.
ޑރ.ޝީނާ ހާމަކުރެއްވި އަންދާޒާތަކުން ދައްކާގޮތުގައި އެންމެ ގިނަބަޔަކަށް ބަލިޖެހޭނެކަމަށް ލަފާކުރެވެނީ މިމަހުގެ ތެރޭގައެވެ. މިމަހު ދުވާލެއްގެ މައްޗަށް 170 މީހުންނަށް ބަލިޖެހޭނެކަމަށް ދައްކައެވެ. އޯގަސްޓްމަހު އެކަނިވެސް ބަލިޖެހޭ މީހުންގެ ޢަދަދު 2373 އަށް އަރާނެކަމަށް ޑރ.ޝީނާ ވަނީ ލަފާކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި ދުވާލަކު 16 މީހުންނަށް ފަރުވާދޭން ޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މުޅި އޯގަސްޓަމަހު އެކަނިވެސް ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 475އަށް އަރައެވެ. އަދި އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 47 އަށް އަރާނެކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.
ޝީނާގެ މިއަންދާޒާތައް ދައްކާ ގޮތުންނާއި މިހާރު ފެންނަމުންދާ އަދަދުތަކަށް ބަލާއިރު މިއަދަދު މިއަށްވުރެވެސް އިތުރުވުމުގެ ބިރު މިވަނީ ބޮޑުވެފައެވެ. ރައްކާތެރިވުމަށްޓަކައި ބޭރުތެރޭގައި ކަމެއް ނެތި ނުކުމު ނޫޅުމަކީ މިއަދު އަމިއްލަ ޒިންމާއެއްކަމަށް ހަދައި ފަރުވާތެރިވާންޖެހެއެވެ. ވަކި ބަޔަކަށް އިނގިލި ދިއްނުކޮށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު