ގދ. ތިނަދޫ ސިޓީ ކައުންސިލަށް ބަދަލުވުމުން އެ ރަށު ކައުންސިލަރުންގެ ގޮތުގައި ތިއްބެވި މެންބަރުން އަލުން ހުވާކޮށްފި އެވެ.

ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާއި ގުޅިގެން ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރާއި، ސިޓީ ކައުންސިލުގެ މެމްބަރުން ހުވައި ކުރެއްވުމާއި، ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން މަގާމުގެ އިގުރާރުގައި ސޮއިކޮށް ހުވާ ކުރެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އަލަށް ހުވާކުރެއްވި މެމްބަރުންނަށް ހުވާ ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ނަޝާތަތު ޒައީމެވެ.

އެއާއެކު ދެން ތިނަދޫގެ މޭޔަރުގެ މަގާމުގައި ހުންނަވާނީ ކުރިން ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީ އެވެ. އަދި ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނަވާނީ ކުރިން ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ނަސްރުﷲ އަލީ އެވެ.

ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން