އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއިދުކުރަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީއެންއެފްގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުހައްމަދު ޝަރަފުއްދީނަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ދާއިރާއަކީ އެމްޑީޕީން އެއްވެސް ކެންޑިޑޭޓަކު ނެރުނު ދާއިރާއެއް ވެސް ނޫނެވެ.

"ފުވައްމުލަކު އުތުރު ދާއިރާގެ މިޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މުޙައްމަދު ޝަރަފުއްދީން، ކެންޑިޑޭޓް ނަންބަރު 2 އަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދި ދެންނެވީމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފަހަކަށް އައިސް އެކި ޕާޓީތަކުގެ ކެންޑިޑޭޓުން ދަނީ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ހާމަކުރަމުން ނެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްއިން ވާދަކުރާ ދެ ކެންޑިޑޭޓަކު ވަނީ އެ ދެ ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ހާމަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން