ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް)އިން އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އުތުރަށް ދަތުރުތަކެއް ފަށައިފި އެވެ.

ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ކެމްޕޭންއަށް މިއަދު ހެނދުނު ދަތުރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މިއަދު އެންމެ ފުރަތަމަ ދާނީ ކުޅުދުއްފުށި ސިޓީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ށ. ފުނަދޫ, ރ. އުނގޫފާރު, ޅ. ނައިފަރު, ބ. ގޮއިދޫ, އ.އ ތޮއްޑޫ ވެސް ކަވަރު ކުރުމުގެ އުއްމީދު އެބައޮތް ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހުއާއެކު ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުލް ގައްޔޫމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ،

މަޖިލިސް އިންތިހާބު ފެށެން ކުޑަތަން ވެފައިވާ އިރު ޕީއެންއެފުން ވަނީ އެމްޑީޕީގެ ކެނޑިޑޭޓަކަށް ތާއިދުކޮށްފަ އެވެ. އެއީ ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފުގެ އަނބިކަނބަލުން، ނަޒުރާ ނަސީމް އަށެވެ.

އަދި އެމްޑީޕީންވެސް ވަނީ ޕީއެންއެފްގެ ކެނޑިޑޭޓަކަށް ތާއިދުކޮށްފަ އެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާއަށް ޕީއެންއެފްގެ ތާއީދާއެކު ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީން އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން