ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާން ރޯވެފައިވަނީ ފަތިހު 5:45 ގައި ކަމަށާއި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ ޓީމުން ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި އަލިފާންގަނޑު ހެނދުނު 6:02 ގައި ވަނީ ކޮންޓްރޯލްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯ އިމާރާތާއި އެމް ޑަބްލިއޫ އެސް ސީ އިމާރާތާއި ދޭތެރޭގައި އޮތް ހުސްބިމެއްގައި ހުރި ކުނި ތަކެއްގައި ރޭ ފަތިހު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ހާދިސާގައި މީހަކަށް ގެއްލުން ލިބިފައިނުވި ނަމަވެސް އެ ސަރަހައްދުގެ ގެތަކަށް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުންތަކެއްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން