މި ފަސް އަހަރުގެ ތެރޭގައި މާލެއާއި އެއްފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިރޭ މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަތީޖާ ނެރެން ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮއްވަވަން މުހިންމުކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ކެންޑިޑޭޓުން ހޮއްވަވައިފިނަމަ އެޕާޓީއެއްގެ ޕާޓީ ލައިން ފޮލޯ ކުރަން ޖެހޭނެކަމަށާއި، މިހެން ވުމުން ސަރުކާރުން ބޭނުންވާ މުހިންމު ކަމެއްގައި ވޯޓަށް އަހާވަގުތު އެއްބާރުލުން ނުލިބުންވެސް އެކަށީގެންވާކަމަށެވެ.

"އެހެންވީމާ ވަގުތު ބޭކާރުކޮށްލަން ހަގީގަތުގައިވެސް ނަހައްދަވައި. ވަރަށް އިޚުލާސްތެރިކަމާއެކީގައި ނަތީޖާ ނެރެން ބޭނުންވާތީ ދަންނަވާ ވާހަކަ މިދަންނަވަނީ."

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެއާއި އެއްފެންވަރަށް އައްޑޫ ސިޓީ ތަރައްގީކޮށްދެން ބޭނުންފުޅުވާ ކަމަށާއި، އަދި މި ފަސް އަހަރުގެ ތެރޭގައި މިކަން ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ނަތީޖާ ހާސިލު ކުރުމަށް އައްޑޫ ސިޓީގެ 8 ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ހޮއްވަވައި ދިނުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަށް ކެންޑިޑޭޓުން ހޮއްވަވައިދެއްވާ. އަށް ކެންޑިޑޭޓުން އަށް ދާއިރާއަށް ހޮއްވަވައިދެއްވައިފިއްޔާ، ހަމަ ޔަގީނުންވެސް އެކަން ފަސޭހަ ކަމާއިއެކު ކޮށްދޭނަން އިރާދަކުރެއްވިއްޔާ މިފަސް އަހަރު." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


0

މުޙައްމަދު

25-Apr-2024

މާލެއާއި އެއްފެންވަރަށް ތަރައްގީ ކުރަންޖެހެނީ އައްޑޫ އެ‏ކަނިބާ؟



ޓްރެންޑިން