އިތުރު ‏ތިން ރަށެއްގައި އާ ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ތިން ރަށަކީ ނ. މަނަދު އާއި މ. މުއްޔާއި އަދި ރ. އަލިފުށި ކަމަށެވެ. ‏މަނަދު އާއި މުލީގައި އަޅަން ނިންމާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ ދެ ހޮސްޕިޓަލު ނިންމަން ޖެހެނީ މަސައްކަތް ފަށާތާ 720 ދުވަސްތެރޭގައި ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެވެ. މީގެ އިތުރުން އަލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް ނިންމަން ޖެހެނީ 730 ދުވަހުގެ ތެރޭގައި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ހޮސްޕިޓަލުތައް އިމާރަތް ކުރުމަށް ޚަރަދުވާ ވަރެއް މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން