ރައްޔިތުންގެ މަޖިލީހުގެ މި ފަހަރުގެ އިންތިހާބުގައި ވާދަ ކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފި އެވެ.
މިފަހަރުގެ އިންތިހާބުގައި އަލީ ވަހީދު ވާދަ ކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ.
ނަމަވެސް އެ ދާއިރާ ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު އެވެ.
އެ ދާއިރާއަށް އަމިއްލަ ގޮތުން އައިމަން މުހައްމަދު ވެސް ވާދަ ކުރެއްވި އެވެ.
އަލީ ވަހީދަށް ކުޅުދުއްފުށީގެ ގޮނޑިން ނާކާމިޔާބުވެވަޑައިގެންނެވި އިރު އޭނާ ޓޫރިޒަމް މިނިސްޓަަރަކަށް ހުންނެވި އިރު ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވި އެވެ. އެ ތުހުމަތުތަކާއެކު އަލީ ވަހީދަށް އެމްޑީޕީގެ ޓިކެޓް ދިނުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސް އަމާޒުވި އެވެ.
އެ މައްސަލާގައި ޢަލީ ވަހީދުގެ މައްޗަށް 2020 ވަނަ އަހަރު ދައުވާ ވެސް ކުރިއެވެ. ނަމަވެސް، ހެކި އަނބުރާ ގެނައުމުން ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްވަނީ އެ މައްސަލަތައް އަނބުރާ ނަގާފައެވެ.
އަލީ ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. ޑީއާރުޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު