އިއްޔެ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވައި އިތުރު ދައުރަކަށް ގޮނޑި ކާމިޔާބު ކުރެއްވި މަދު މެމްބަރުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހިމެނިއްޖެ އެވެ.

އިއްޔެގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މިހާރުގެ މެމްބަރުން ވެސް ވާދަ ކުރެއްވި އެވެ. އޭގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، ހޯރަފުށީ ދާާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހިމެނެ އެވެ. ނަމަވެސް މި ހުރިހާ މެމްބަރުންނަށް ވެސް އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާ އެވެ.

ނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ދެވަނަ ފަހަރަށް އެ ދާއިރާއަށް އިންތިހާބުވެވަޑައިގެންފަ އެވެ.

މީކާއިލްގެ އިތުރުން ދެން ގޮނޑި ދިފާއު ކުރެއްވި މެމްބަރުންގެ ތެރޭގައި ހިތަދޫ ދެކުނު ދާއިރާއަށް މިފަހަރުވެސް ވާދަ ކުރެއްވި އެ ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހިމެނިވަޑައިގަންނަވަ އެވެ.

އިއްޔެގެ އިންތިހާބުން ވެރިކަން ކުރާ ޕީއެންސީން ވަނީ 70 އަށް ވުރެ ގިނަ ގޮނޑި ނަގައިފަ އެެވެ. އަދި ސަރުކާރުން ތާއިދުކުރި މެމްބަރުންނާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ސަރުކާރަށް ލިބިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން