ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމަށް ދެން އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އެކަމާ ގުޅިގެން ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލު ވިދާޅުވީ ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދެވުމަށް ދެން އެއްވެސް ހުރަހެއް ނެތް ކަމަށާއި ރައްޔިތުންގެ ޙާލަތު ބަދަލު ކުރުމަށް އިޚްލާޞްތެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ޖަމީލް ވަނީ މި ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއް ފުއްދައި ކޮރަޕްޝަނާއި ފަަސާދަ އާއި މިނިވަންކަމަށް ގެއްލުންވާ ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވާފައެވެ.

"ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވާތި. މިނިވަންކަމަށް ގެއްލުން ލިބުނު އެންމެހާ ކަންތައްތައް ވަގުތުން ނިމުމަކަށް ގެންނަވާތި. ގެއްލުނު ކަނޑު ހޯއްދަވާދެއްވަންވީ ވަޢުދު ފުއްދަވާތި. ގައުމުގެ ހަރުމުދާ، އެއަރޕޯޓް، ޕޯޓްސް، ބިންތައް ނުވިއްކަވާތި. ރައްޔިތުންގެ ނިކަމެތިކަން މުއްސަނދި ކަމަށް ބަދަލު ކުރައްވާނެކަމަށް ވީވަޢުދު ފުއްދަވާތި،" ޖަމީލު ވިދާޅުވި އެވެ

މީގެ އިތުރުން ޑރ.ޖަމީލު ވިދާޅުވީ ތެދުވެރި ކޮންމެ ކަމަކަށް ތާއީދު ކުރައްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ކޮންމެ ގޯސްކަމެއް ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މެޖޯރިޓީ ހޯދާފަ އެވެ. އޭގެތެރޭގައި އެމްޑީޕީން "ވެރިކަން ކުރަމުން" އައި މާލެ އާއި އައްޑޫ ސިޓީ ހިމެނެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން