ދިވެހިންގެ އުންމީދުތަކަކީ ކޮބައިކަން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސާފުވެއްޖެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގައި ތާރިޚީ ކާމިޔާބެއް ހޯދާފައެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާއިން ދިވެހިންގެ އުއްމީދުތައް ސާފުވެއްޖެ ކަމަށެވެ. އެގޮތުން ނަތީޖާ އިން އެނގިގެންދިޔައީ ބައިބައިވުމާއި ފިތުނަ ފަސާދަ އާއި ސިޔާސީ ހަމަނުޖެހުން ދިވެހިން ބޭނުން ނުވާ ކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހިން އެދެނީ ޤާނޫނު ނަގަހައްޓަން. ދިވެހިން އެދެނީ ހަމަޖެހުމާއި ރައްކާތެރިކަން. ދިވެހިން އެދެނީ މަސްތުވާ ތަކެތިން ސަލާމަތްވާން. ދިވެހިން އެދެނީ ވައްކަމާއި ކޮރަޕްޝަނުން މިންޖުވާން، ދިވެހިން އެދެނީ ޒަމާނީ ތަރައްޤީ އާއި ފަރުދީ ތަނަވަސްކަން." ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން