މިދިޔަ އާދިއްތަ ދުވަހު ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީގެ ބައެއް ސިއްރުތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހިއްސާ ކުރައްވައިފި އެވެ.

ނިމިގެން ދިހަ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން ނެގި ގޮނޑިތަކާ އަދި ސަރުކާރުން ތާއިދުކޮށް ހޮވުނު ކެންޑިޑޭޓުންނާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ވަނީ ލިބިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކާމިޔާބީގެ އެއް ސިއްރަކީ ފާއިތުވި މަހެއްހާ ދުވަހު ރެޔަކު 4 ގަޑިއިރު އަވަހާރަފުޅު ލައްޕަވައިގެން ރައީސް ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.

ހަމަ އެހެންމެ ރަމަޟާންމަހު ދުވާލު މެންދުރުގަޑީގައި 48 ޑިގްޑީސެލްސިއަސްގައި ހުރި ހޫނާއެކު ދޮރުންދޮރަށް ވަޑައިގެން ރައީސް ކުރެއްވި މަސައްކަތްޕުޅަކީ ވެސް އޭގެ ސިއްރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގައި ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބުނުއިރު އެމްޑީޕީއަށް އިންތިހާބުގައި ނެގުނީ އެންމެ 12 ގޮނޑި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނާއި ޑިމޮކްރެޓްސްއަށް އަދި އަދާލަތު ޕާޓީއެއް އެންމެ ގޮނޑިއެއްވެސް ނުނެގުނެވެ.

އިންތިހާބުގައި ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ރޭ ވަނީ ހަވާ ވެސް އަރުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން