ރައީސް ޞާާލިޙް މާލޭގެ ސްކޫލަކަށް ވަޑައިގެން ދަރިވަރުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވަނީ
ރައީސް ޞާާލިޙް މާލޭގެ ސްކޫލަކަށް ވަޑައިގެން ދަރިވަރުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވަނީ
މާލެސިޓީ ފިޔަވައި ހުރިހާ ސްކޫލެއްގެ ކިިޔެވުން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް 2 ހަފުތާއަށް ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ސްކޫލްތަކުގައި އެކަނިކަމަށެވެ. މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސްކޫލެއްގެ ކިިޔެވުން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޯވިޑްގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ މާލޭގެ ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯވިޑްގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ އިތުރު 2 ހަފްތާއަށް މާލޭގެ ސްކޫލްތައް ބަންދުކުރަން ނިންމާފައިވަނީ މިބަލިން ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުންނެވެ.

ކުރިން ހަމަޖެހިފައިވާގޮތުން ޢީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވަން އޮތީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް، ކޯވިޑް-19ގެ ހާލަތަށް ރިޢާއަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން، މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީންވަނީ ނިންމާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލޭގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވިދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ. މީގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި މިމަހުގެ 16 ގައި ފެށުމަށް އޮތީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން