ޒަހީނުއްދީން ސަޢީދު   23 އޭޕްރީލު 2024 - 18:38
އުމްރާގެ އަޅުކަމަށް ގޮސް ނިޔާވި އަބުދު ﷲ އަލީ
އުމްރާގެ އަޅުކަމަށް ގޮސް ނިޔާވި އަބުދު ﷲ އަލީ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ހއ. އިހަވަންދޫ ފެހިފަރުދާގެ، އުމުރުން 52 އަހަރުގެ އަބްދުﷲ އަލީ އެވެ.

އޭނާއަކީ އުމްރާ އަޅުކަމަށް ލައްބައެކަ ޓްއާސްގެ ހަވާލުގައި އުމްރާ އަޅުކަމަށް ދިޔަ މީހެކެެވެ. އަބްދުﷲ އުމްރާގެ އަޅުކަމަށް ސައުދީއަށް ދިޔައީ މިދިޔަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ. އުމްރާގެ އަޅުކަމަށް ފަހު ފުރަން އޮތް ދުވަހު ވަރަށް ބޮޑަށް ބަލިވެގެން އޭނާ ހޮސްޕިޓަލުގައި ވަނީ އެޑިމިޓްކޮށްފައެވެ. ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މައްކާގެ އަލް-އަހްލީ ހޮސްޕިޓަލް ގައެވެ.

ރޯދަ އުމްރާއަށް ގޮސް އުޅުނު އިތުރު ދެ ދިވެއްސަކު ވެސް މި އަހަރު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން