އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ސުޕަރމެޖޯރިޓީ ދިނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ބޭނުންވާތީ ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރ އަދި ފުނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިރޭ އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއަކީ ސަރުކާރަށް އަދި ރައީސް ޑރ. މުއިއްޒަށް ރައްޔިތުން ދިން އިތުބާރެއް ކަމަށެވެ.
އަދި 70 އަށްވުރެ ގިނަ ގޮނޑި ސަރުކާރަށް ރައްޔިތުން ދިނީ، އެ ގާނޫނެއްގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ދަތިވާނަމަ ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް އެ ހިދުމަތް ރައްޔިތުންނަށް ލިބުން ބޭނުންވާތީކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އާ މަޖިލިސް ހުވާކުރެވުމާއެކު މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތައް ހުށަހެޅުން ކުރިއަށް ދާނެކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރާ މެންބަރުން މަޖިލީހުގައި ގިނަވުމުން، ސަރުކާރުން ބިލްތައް ހުށަހަޅާނީ އެ މެންބަރުންނާ މަޝްވަރާ ކުރެވި ފާސްކުރަން ކޮންމެހެން ބޭނުންވާ ބިލެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެފަދަ ބިލެއް ވެސް ފާސްވެގެންދާނީ މަޖިލިހުގައި އޮންނަ އުސޫލުގެ ތެރެއިން ތަޅުމުގައި ބަހުސްކޮށް އެ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހުކަމަށެވެ.
އެހެންކަމުން އެއީ ރަބަރ ސްޓޭމްޕް ޖެހުން ކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު